ބޮލީވުޑްގެ ކާމިޔާބު ޖޯޑު ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް ވަރިވާން އުޅޭ ވާހަކަ ދެމަފިރިން ދޮގުކޮށްފިއެވެ.

ހަ އަހަރު ދުވަސްވަންދެން ލޯބީގެ ގޮތުން އުޅުމަށްފަހު 2018 ވަނަ އަހަރު މި ދެތަރިން ކައިވެނިކުރިއިރު މިދޭތެރެއިން ވަނީ ދެމަފިރިން ވަރިވާން އުޅޭ ވާހަކަ ވަރަށް ބާރަށް ދެކެވިފައެވެ. މީޑިއާ ތަކުގައި އެ ވާހަކަ އެކި ގޮތްގޮތަށް ދައްކަމުން އައި އިރު މީޑިއާތަކުން ބުނީ ދީޕިކާ އާއި ރަންވީރު އާއި ދެމެދު ބޮޑު މައްސަލަ އެއް ޖެހިގެން ދެމަފިރިން ވަރިވާން ނިންމާފައިވާ ކަމަށެވެ.

އަދި ދީޕިކާ މިހާރު މަދު މަދުން ފިލްމު ކުޅެނީ ވެސް ރަންވީރުގެ ނުފޫޒުން ކަމަށާއި ދީޕިކާގެ މެންޓަލް ހާލަތު ގޯސްވެ ވަރަށް ފަހުން ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރަން ޖެހުނު ކަމަށެވެ. 10 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު ދެމީހުން ވަރިވާން ނިންމި ސަބަބެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައެއް ނެތެވެ.

އެކަމާ ގުޅިގެން ރަންވީރު އަދި ދީޕިކާ ވެސް ސީދާ ސީދަލަށް ކޮމެންޓެއް ނުކުރިއަސް އިއްޔެ ރަންވީރު އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓަކަށް ދީޕިކާ ވަނީ ރަންވީރަށް ފްލާޓްކޮށް ކޮމެންޓްކޮށްފައެވެ. އަދި ދީޕިކާގެ ޕޯސްޓަށް ރަންވީރު ވަނީ "ކުއީން" އޭ ބުނެ ކޮމެންޓްކޮށްފައެވެ. ރަންވީރު އާއި ދީޕިކާ އަކީ ވަރަށް ލޯބިން އުޅޭ ދެމަފިރިން ކަން ގިނަ ބަޔަކަށް އެނގެއެވެ. ރަންވީރު އަކީ އޭނާގެ އަންހެނުންނަށް ކެމެރާގެ ފުރަގަހުގަޔާއި ކެމެރާ ކުރިމަތީ ވަރަށް ބޮޑަށް ތައުރީފްކުރާ މީހެއް ވެސްމެއެވެ. އަދި ރަންވީރު ވަނީ ދީޕިކާ އާއެކު އާ ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ވާހަކަ ވެސް އިއުލާންކޮށްފައެވެ.