ކޮފީ އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ހެނދުނު ކޮފީއެއް ނުބޯނަމަ އެ ދުވަހުގެ ފެށުން ރަނގަޅު ނުވާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ދުވާލެއްގެ މައްޗށް މަދުވެގެން ތިން ތަށި ކޮފީ ނުބޯ ނަމަ އެ ދުވަސް ފުރިހަމަ ނުވާ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މިއަދަކީ ބައިނަލްއަގްވާމީ ކޮފީ ދުވަސް ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ކޮފީ ދުވަހާ ގުޅުވާފައި އެސްޓީ ޕީޕަލްސް ޗޮއިސް އިން ކޮފީ އިވެންޓެއް މިއަދު ވަނީ ފަށާފައެވެ. މި އިވެންޓްގައި ހިލޭ ކޮފީ ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ އިން ބުނީ މިއަދު ހިލޭ ކޮފީ ލިބެން ހުންނާނެ ކަމަށާއި ކޮފީ މޭކާ އަދި އިތުރު އެހެން ބާވަތްތަކުން ވެސް ހާއްސަ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. ހަމައެއާއެކު ގިފްޓް ހެމްޕާއެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ކުރިއަށް ގެންދާ ކޮފީ އިވެންޓް ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން 6 އާ ދެމެދު އަދި ރޭގަނޑު 8 އިން 10 އަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދާ މި އިވެންޓް ކުރިއަށް ގެންދަނީ ލިލީ އެންޓަޕްރައިސަސް އާއި އަނާ އިންވެސްޓްމަންޓް އަދި ސިޓީ އިންވެސްޓްމަންތްގެ ހެޔޮ އެދުންތަކާ އެކުގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.