ވޮޝިންޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަމަށް ބަދަލު ގެނެސްފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ "ވޮޝިންޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަދަލުކުރައްވާފައިވާ ކަމަށެވެ.

މިގޮތުން އެނަމުގެ ބަދަލުގައި މީގެ ފަހުން ކިޔާނީ "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް މި ބަދަލު ގެންނެވީ ސެޕްޓެންބަރު 25، 2022 ވީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖައްސަމުން ގެންދާނީ ނަންބަރު 488 ކަމަށް ރައީސް އޮފީހުން ބުނެއެވެ.