ހދ. ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހިދުމަތްދޭން ފަށައިފިއެވެ.

ނައިވާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިމަޝްރޫގެ ދަށުން 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ 2 އާރުއޯ ޕްލާންޓް ބަހައްޓާފައިވެއެވެ. އަދި ފެން ރައްކާކުރުމަށް 185 ޓަނުގެ 2 ތާންގީ އަދި ވާރޭފެން ރައްކާކުރުމަށް 150 ޓަނުގެ ތާންގީއެއް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން 174 ގޭގެއަށް ފެނުގެ ކަނެޝަން ވެސް ވަނީ ގުޅައިދީފައިވެއެވެ.

މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއއަކީ 15،3 މިލިއަން ރުފިޔާ އަށް ހަވާލުކުރި މަސައްކަތެކެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު 29، 2019 ގައެވެ. އަދި މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮކްޓޯބަރު 20 2019 ގައެވެ. މިމަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.