ގެއްލިގެން ހޯދަމުންދާ އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ގެއްލުނު އަޒުހާން މިހާތަނަށް އަދި ފެނިފައި ނުވާ ކަމަށާއި އަޒުހާން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.

އަޒުހާން ގެއްލިފައިވަނީ ހުޅުމާލެ ފޭސް 2 އިން ކަމަށާއި ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 7 ޖަހާއިރު ކަމަށާއި އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެނަމަ ހުޅުމާލެ ފޭސް 2ގެ ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅާ އެކަން އަނގަން އެދިފައެވެ.