ގއ ފެރީއިން ދަތުރުކުރި ކަނޑުހުޅުދޫ ޒުވާނަކު މޫދަށްވެއްޓި މަރުވެއްޖެއެވެ.

މިއަދު ހަވީރު 5:50 ހާއިރު ހިނގި މި ހާދިސާގއި މަރުވެފައިވަނީ އެ ރަށު އުމުރުން 24 އަހަރުގެ އިރުފާން އަލީއެވެ.

އެކަމާ ގުޅިގެން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިގު އަފީފު "ދަ ޕްރެސް" އަށް ވިދާޅުވީ އިރުފާން ވެއްޓުނީ ފެރީގެ ފަހަތުކޮޅުގައި ހުއްޓާ ފެރީ ގެމަނަފުއްޓަށް ވަންނަން އައި ވަގުތު ކަމަށެވެ. އަދި އިރުފާން ވެއްޓުނީ ފިޓު ޖެހިގެން ކަމަށްވެސް ތޯރިގު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދެއްކި އާއިލާގެ މެންބަރަކު ބުނީ އިރުފާނަކީ އަބަދުވެސް ފިޓު ޖެހޭ މީހެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.