ސްޕައިޑާމޭން އޭ ބުނީމައި ނޭނގޭ މީހަކު މަދުވާނެއެވެ. އެއީ، ސްޕައިޑާ ވާ ފުރާ ގޮތް އަސްލަކަށް ބަލައިގެން އަތުން ވާ ދޫކުރާ ގޮތަށް އުފައްދާފައިވާ ކޮމިކް ކެރެކްޓާއެކެވެ. ފަހުން ސްޕައިޑާ ސޫޓެއް ލައި އިންސާނުންނަށް އެ ކުޅަދާނަކަން ލިބޭ ގޮތް ދައްކާ ފިލްމުތައް ބައިވަރު ކުޅެފައި ވެއެވެ. ދާން ބޭނުންވާ ތަނަކަށް އަތުން ވަލެއް (ހިމަ ދާ ނަރެއްގެ ސިފައަށް) އޮންނަ ވެބް ދޫކޮށްލައި އެ ވެބުން ތަންތާގައި ހިފަމުން ދެއެވެ.
މިއީ އަދި އެކަހަކަ ސްޕައިޑާމޭން އެއް ވެސް ނޫނެވެ. މިއީ އެއްވެސް ސޭފްޓީއެއް ނެތި، އުސް އިމާރާތްތަކަށް އަރާ "ސްޕައިޑާމޭން" އެކެވެ. ފްރާންސަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ސްޕައިޑާމޭން 48 ބުރީގެ އިމާރާތަކަށް އެރި ހަބަރު ނޫސްތަކުން ޖާގަ ހޯދައިފިއެވެ. އުމުރުން 60 އަހަރުގެ ރޮބާޓް، 48 ބުރީގެ އިމާރާތަށް އެރީ އޭނާގެ އުފަންދުވަސް ފާހަގަ ކުރާށެވެ.
ރޮއިޓާސް އާ ވާހަކަ ދައްކަމުން އޭނާ ބުނީ، އެހާ އުސް އިމާރާތަކަށް އެއްވެސް ސޭފްޓީއެއް ނެތި އެރީ އުމުރަކީ މައްސަލައެއް ނޫންކަމަށް ދެއްކުމަށާއި، އުމުރުން ދޮށީ ނަމަވެސް ކުޅިވަރު ކުޅުމާއި ހެލިފެލިވެ އުޅުމާއި އާދަޔާ ހިލާފު ތަފާތު ކަންކަން ކުރުމަށް ހުއްޓުމެއް ނެތް ކަން ދެއްކުމަށެވެ.
ރޮބާޓް، ސޭފްޓީއެއް ނެތި އެ އިމާރާތުގެ މައްޗަށް އެރުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
މީގެ ކުރިންވެސް އޭނާ ވަނީ އެ އިމާރާތަށް އެތައް ފަހަރަކު އަރާފައެވެ. މިފަހަރު އެންމެ މައްޗަށް އެރުމަށް 1 ގަޑި އިރު ނެގިކަމަށް ހަބަރުތައް ބުނެއެވެ.
ރޮބާޓް އިތުރަށް ބުނީ، ފުރާންސްގައި 60 އަހަރަކީ ރިޓަޔާ ކުރާ އުމުރު ކަމަށާއި، އޭނާގެ އުމުރުން 60 އަހަރު ފާހަގަ ކުރަން އެ އިމާރާތުގެ އެންމެ މައްޗަށް އެރުމަށް މާކުރިންވެސް ނިންމާފައި އޮތް ކަމަށެވެ.
އޭނާ މީގެ ކުރިން ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބްރުޖް ހަލީފާއަށް އަށް ވެސް އަރާފައި ވެއެވެ. އޭނާ އެގޮތަށް އިމާރާތްތަކަށް އަރަނީ ގިނަ ފަހަރަށް ކުރިން އެންގުމެއް ނެތި ކަމަށް ވާތީ އެތައް ފަހަރަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.
ދެރަކަމަކީ މިއާޓިކަލް ކިޔާނިމުންއިރުވެސް ސްޕައިޑަރމެންގެ މޫނުނުފެނޫނީމަ