ޖިންސީ އެދުންވެރިކަން އިތުރުވާ ކަމަށް ބުނެ ވިއްކާ މާމުއިގެ 2 ބްރޭންޑެއް ވިއްކާ ބޭނުންކުރުން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ، ސެކްޝްއަލް އެންހޭންސްމެންޓް އަދި އިރެކްޓިކަލް ޑިސްފަންކްޝަނަށް ބޭނުން ކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ Tadalafil އަދި Sildenafil ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކަމަށެވެ.

މި އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓް ކޮށްފައިވާ ކަަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ލިސްޓްކޮށްފައިވާ 8 ވައްތަރުގެ މާމުއި

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

މި ބޭސް އެކުލެވޭ ކަމަށް ޔޫއެސް އެފްޑީއޭ އިން އެލާޓް ކޮށްފައިވާ މާމުއިގެ ތެރެއިން ރާއްޖެއަށް އެތެެރެކޮށް ބޭނުން ކުރަމުންދާ އުފެއްދުންތަކުގެ ލިސްޓު އެމްއެފްޑީއޭއިން ހިއްސާކޮށްފައިވާއިރު އޭގެ ތެރޭގައި 8 ވައްތަރެއްގެ މާމުއި ހިމެނެއެވެ.