އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަރު 2، މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަ ވުމާ އެކު، ރަސްކަމަށް ބައިތު ހިފައިގެން ތިބި ގައުމުތަކުން، އެ ރަސްކަމުން ވަކިވުމުގެ ވާހަކަތައް އާކުރަން ފަށައިފިއެވެ.
އިނގިރޭސި ރަސްކަމަށް ބައިތު ހިފައިގެން އޮތް 14 ގައުމެއް މިޙާރުވެސް ދުނިޔޭގައި އޮވެއެވެ. އެއީ އެންޓިގުއާ އެންޑް ބާބުޑާ، އޮސްޓްރޭލިއާ، ބަހާމާސް، ބެލީޒް، ކެނެޑާ، ގްރެނާޑާ، ޖެމެއިކާ، ނިއުޒީލަންޑް، ޕަޕާ ނިއުގިނީ، ސެއިންޓް ކިޓްސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިއަންސް، ސޮލޮމޮން އައިލޭންޑްސް އަދި ޓްވާލޫއެވެ.
މި ގައުމުތަކުން ރަސްކަމަށް ބައިތު ހިފައިގެން ތިބުމުން، އެއިން ކޮންމެ ގައުމެއްގައި އިސް ވެރިއަކު ހުންނެވި ނަމަވެސް މިއޮއްހާ ދުވަހުގެ އެގަމުތަކުގެ އެންމެ މަތީ ވެރިއަކީ ރާނީ އެލިޒަބަތެވެ.
ރާނީ އަވަހާރަ ވުމާއެކު، އޭގެ ތެރެއިން އޮސްޓްރޭލިއާ އަދި އެންޓިގުއާ އެންޑް ބާބުޑާ އިން ވަނީ ރަސްކަމުން ވަކިވުމުގެ ވާހަކަތައް އާކޮށްފައެވެ. އެގޮތުން އޮސްޓްރޭލިއާގެ ގްރީންސް ޕާޓީން ވަނީ، މިއީ ރަސްކަމުން މިނިވަން ވެ، މިނިވަން މުސްތަގިއްލު ގައުމަކަށް ވާން ވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ބޭނުންވާ ގާނުނީ ބަދަލު ގެނައުން އަވަސްކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ގްރީން ޕާޓީގެ ލިޑަރު އެދަމް ބެންޑިތް ގެ ގޮވާލެއްވުމަށް ސިޔާސީ ބައެއް ފަރާތްތަކުން ތާއީދު ކުރާއިރު އެކަމަށް ތާއީދު ކުރާ އާންމު ރައްޔިތުންވެސް ގިނައެވެ. ނަމަވެސް އެ ބަދަލާ ދެކޮޅު ގިނަ ބަޔަކުވެސް އޮސްޓްރޭލިއާގައި އުޅެއެވެ. ނަމަވެސް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ މެދު ގިނަ ރައްޔިތުން ރުހިގެން ތިބުމާއެކު އެއީ ގާތް ބަދަލެއް ކަމަށް މުރާސިލުން ބުނެއެވެ.
އޮސްޓްރޭލިއާ އެކޭ އެއްގޮތަށް އެންޓިގުއާ އެންޑް ބާބުޑާއިން އިން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަން އިއުލާން ކޮށްފައެވެ. އެ ގޮތުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އެ ވޯޓު ނެގޭނެ ކަމަށާއި އަންނަ އަހަރު އޮންނަ އިންތިހާބުގައި ހޮވިވަޑައިގެންފި ނަމަ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަތުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ ކަމަށް މިހާރުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ރާނީ އަވަހާރަވުމަށް ފަހު، އެ 14 ގައުމުގެ އެންމެ މަތީ ވެރިއަކީ ނުވަތަ ރަސްކަލަކީ ޗާލްސް އެވެ. ޗާލްސް އަކީ، މަންމާފުޅުގެ ރަނިކަމުގައި ބާބަޑޮސް ތަމްސީލު ކުރެއްވި ބޭފުޅަކަށް ވި އިރު، ޗާލްސް އާ މެދު ހިތްހަމަ ނުޖެހި އެގައުމު ވަނީ ރަސްކަމުން ވަކިވެފައެވެ. ޗާލްސް އާ ނުރުހޭ ރަސްކަމުގެ ގިނަ ގައުމުތައް ހުރި އިރު، މިދިޔަ މާޗް މަހު ޕްރިންސް ވިލިއަމް އާއި ކޭޓް ކެރީބިއަންއަށް ކުރެއްވި ދަތުރުފުޅުގައި ޖެމެއިކައިންވެސް ވަނީ ރަސްކަމުން ވަކިވާނެ ކަމަށް ބުނެފައެވެ. އޭގެ އިތުރުން ބެލީޒް ވެސް ވަނީ އެމީހުން ވަކިވާން ގަސްތުކުރާކަމުގެ އިޝާރާތް ކޮށްފައެވެ.
ޗާލްސް އަކީ 56 ގައުމު ހިމެނޭ ކޮމަންވެލްތް އޮފް ނޭޝަންސްގެ ވެސް ރަމްޒީ ވެރިޔާއެވެ. އެއީ ރަސްކަމުގެ ފަރާތުން ވާރުތަ ވާ މަގާމެކެވެ. ނަމަވެސް ކޮމަންވެލްތަކީ މެންބަރު ގައުމުތަކުން އައްޔަން ކުރާ ސެކްރެޓަރީ ޖެނެރަލަކު ހިންގަވާ މުސްތަގިއްލު ޖަމާއަތެވެ. މިވަގުތު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލަކީ، ޕެޓްރީޝިއާ ސްކޮޓްލަންޑްއެވެ.
އިގިރޭސި ވިލާތަކީ އެއްވެސްވަރަކަށް ތައުރީފް ހައްޤު ބައެއްނޫން ، އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރު ހުރިބަޔެއްވެސްނޫން، ފަލަސްތީނު ބިން އިސްތިއުމާރުކޮށް އެ ބިމުގައި ޔަހޫދީ ޒަޔަނިސްޓު ޖަމާއަތް ވަޒަންވެރިކުރުވާ އެމީހުނަށް ބަޑިޔާއި ޒަމާނީ ހަތިޔާރުދީގެން ފަލަސްތީނުގެ ކުޑަކުދިން ނާއި އަންހެނުންނާއި މުސްކުޅިން ޝަހީދު ކުރަމުންދާތާ 70 އަހަރުވެގެން މިދިޔައީ އިގިރޭސިން އަތުގައި އދ ގެ ވީޓޯ ކުރުމުގެ ބާރު އޮވެމެ އެއްވެސް ފިޔަވަޅެއް ޒަޔަނިސްޓުންނާއި މެދުގައި ނާޅާ، އެހެންވީއިރު ކޮބައިތޯ އިގިރޭސިންގެ އިންސާނިއްޔަތަކީ އަދި ތަޢުރީފް ހައްގު ވާނެ ގޮތަކީ؟