ހއ. ކެލާ ސަވާރީ ބޯޓު ނޮޅިވަރަންފަރު ފަރުމައްޗަށް އަރާ، ބޯޓު ފުނޑުވެ، ރޫޅިގެން ހިނގައްޖެ ކަމަށް ބޯޓުގެ ކުރޫއެއް ބުނެފިއެވެ.
"ދަ ޕްރެސް" އަށް މަައުލޫމާތު ދެމުން އެ ބޯޓުގެ ކުރޫއެއް ކަމަށްވާ ނިޒާރު ބުނީ، ކޮޅިވަރަމްފަރު ފަރުމައްޗަށް އެރުމާ ގުޅިގެން ރާޅާ ތަޅާތަޅާ މިހާރު ބޯޓު ފުނޑި، އެއްކޮށް ރޫޅިގެން ހިނގައްޖެ ކަމަށެވެ.
މިހާދިސާ ހިނގި ވަގުތު ބޯޓުގައި ދަތުރުކުރީ ކުރޫއިންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 10 މީހުން ކަމަށް އޭނާ ބުންޏެވެ. މި އެންމެން ވެސް ސަލާމަތުން މިހާރު ނޮޅިވަރަންފަރަށް އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.
ނިޒާރު ބުނީ ބޯޓުގައި ގާތްގަނޑަކަށް 3-4 މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށާއި ނަމަވެސް އެއިގެން އެއްވެސް މުދަލެއް ސަލާމަތް ނުކުރެވުނު ކަމަށެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ރަޝީދު ވިދާޅުވީ، މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ އިރުއޮއްސި 6:15 ހާއިރު ކަމަށެވެ.
އިންފާޒު ވިދާޅުވީ މި ބޯޓުގައި ދަތުުރުކުރީ ހުސް ފަޅުވެރިން ކަމަށެވެ. އަދި މިދަތުރަކީ މާލެއިން ގެނައި ތަރުކާރީ ފަދަ އެއްޗެހި ކެލައަށް ބާލައި ނޮޅިވަރަމްފަރަށް މުދާ ހުސްކުރުމަށް ކުރި ދަތުރެއް ކަމަށް އިންފާޒު ވިދާޅުވިއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ސީދާ ކިހިނެތް ކަމެއް ބުނަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އިންފާޒް ވިދާޅުވިއެވެ.
ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރު މައްޗަށް އެރި ހާދިސާ އާ ގުޅިގެން އެހީތެރިވުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން ނޮޅިވަރަންފަރަށް ދިއުމަށް މިރޭ 20:30 އަށް ބަނދަރަށް ދިއުމަށް ކެލާ ކައުންސިލުން ވަނީ އަންގާފައެވެ.
ބެލެވޭގޮތުގައި ހީވަނީ މިކަންކުރަނީ މަޖަލަކަށް ހަދައިގެން ކަމަށް ވެދާނެ ކައްޕި ނިދިގަޅަން ވެގެން ބަންގާޅީޔަކާ ހުންގާނު ހަވާލުކުރީ ކަމަށް