ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްގީކުރުމަށްޓަކައި އެ ރަށުގެ ފަޅުތެރެއިން ޖުމްލަ 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ކެލާގެ ފަޅުގައި 2 ރިސޯޓު ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކެލާގެ އިހްތިސޯސަށް ބަދަލުގެނައުމަށް ރައީސް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމަށް ރައީސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.
އެގޮތުން ރައީސް މިއަދު ނެރުއްވި ގަރާރާއެކު ތިލަދުންމަތީ އުތުރުބުރީ ކެލާގެ އިހްތިސޯސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.