މިއަދު ހަވީރު އައްޑޫ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރު ކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމްއެންޑީއެފްއިން ބުނީ، އެ އަލިފާނުގެ ހާދިސާ މިއަދު ހަވީރު 5:25 ގައި ރިޕޯޓް ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން ވަނީ އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައި ކަމަށެވެ.

ހަވީރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ މިރޭ 8:30 ގައި ކަމަށް އައްޑޫ ސިތީގެ މޭޔަރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އަދި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލިފާން ރޯވި ސަރަހއްދަކީ މީޙުން ދިރިއުޅޭ ސަރަހއްދެއް ޏޫން ނަމަވެސް އެއީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދާ މާ ދުރު ނޫން ސަރަހައްދެކެވެ. އެހެންކމަުން އަލިފާން ރޯވެ އަރަމުން ދިޔަ ދުމުގެ އަސަރު އެ ސަރަހައްދުގައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މިރޭ އަލިފާން ނިއްވާލަފައި ވަނީ އެމްއެންޑީއެފްއާއި ކައުންސިލާއި ރައްޔިތުން ކުރި މަސައްކަތުންނެވެ. މި އަލިފާން ރޯވާން މެދުވެރި ސަބަބު އަދި އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.