ރަށްރަށުގެ ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ ގޮތަށް މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލުން ދޭ "ސްމޯލް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހު ހަމަވާނެ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލް އިން 'ސްމޯލް ގްރާންޓްސް' ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.

ބީއެމްއެލްއިން ބުނީ ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށް ކަމަށެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑަކީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް އެ ބޭންކުން ދޭ އެހީއެކެވެ.

މި ފަންޑަށް ހުށަހެޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެއިން ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް 250،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.