ރަކޭލް ރޮޑްރިގާޒް އަށް އަލަތު ދަރިފުޅު ލިބޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ޓިކްޓޮކް ކުޅޭ މި ޒުވާނާ ވަނީ އޭނާ ބަނޑުބޮޑުކަން ޓިކްޓޮކްގައި ވެސް ހާމަކޮށްފައެވެ. ބަނޑު އެނގޭ ގޮތަށް ވީޑިއޯ އެއް ނެގުމަށްފަހު ރަކޭލް ވަނީ ޓިކްޓޮކް އަށް އެ ވީޑިއޯ އަޕްލޯޑް ކޮށްފައެވެ.
ރަކޭލް އަށް ބަނޑުބޮޑުކަން ކުރިން އެނގިފައެއްނުވެއެވެ. އޭނާގެ ބަނޑުބޮޑު ވާކަން އެނގުމުން އޭނާ ހުރީ އޭނާ ބަނޑުބޮޑުވީ ކަމަށް ނިންމާ ވަރަށް އުފަލުންނެވެ. އާއިލާ އާއި ހުރިހާ ރަހުމަތްތެރިންނަށް ވެސް އެކަން އެންގިއެވެ. ބޭބީ ޝަވާ ބާއްވަން ޕްލޭން ކޮށް ބޭބީގެ ސްކޭން ރިޕޯޓް ބަލަން ދިޔައީ ރަކޭލްގެ ކޮއްކޮއެވެ. ބޮޑުދައިތަ އަށް ވާތީ އޭނާގެ ކޮއްކޮ ބޭނުންވީ ބޭބީ ޝަވާ ވީހާވެސް ބޮޑުކޮށް ބާއްވާށެވެ.
ނަމަވެސް ކަންވީ މުޅިން އިދިކޮޅަށެވެ. ރަކޭލްގެ ބަނޑުގައި އޮތީ ދަރިއެއް ނޫނެވެ. ބޮޑު ސިސްޓެކެވެ. އޯވަރީގައި ނެގި ސިސްޓުގައި 28 ސެންޓިމީޓަރު ހުއްޓެވެ. ރަކޭލްގެ އޯވަރީގައި ސިސްޓެއް އިންކަން އެނގުމާއެކު އަވަށް ސާޖަރީ ހަދައިގެން ސިސްޓު ވަނީ ނަގާފައެވެ.
"ސިސްޓުގައި ހުރި 10.5 ޕައުންޑް،" ރަކޭލްގެ ކޮއްކޮ ބުންޏެވެ. ސާޖަރީ ކުރުމަށްފަހު ރަކޭލް ބުނީ ސާޖަރީގެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށާއި ޑަކްޓަރުން ސާޖަރީ ނިންމަން ބުނި ވަގުތަށްވުރެ ކުރިން ސާޖަރީ ނިމުން ކަމަށެވެ. އޭނާ ބުނީ ސާޖަރީ ކުރަން މަދުވެގެން ހަ ގަޑިއިރު ވާނެ ކަމަށް ޑަކްޓަރުން ބުނި ކަމަށާއި ނަމަވެސް ސިސްޓް ކެންސަރަށް ބަދަލުވެފައި ނެތުމުން ސާޖަރީ ނިންމަން ބުނި ވަގުތަށް ވުރެ އަވަހަށް ސިސްޓު ނެގި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވުން ކަމަށެވެ.
ރަކޭލް ސާޖަރީ ކުރުމުން އޭނާގެ ކޮއްކޮ ވަނީ ޓިކްޓޮކް އަށް ވީޑިއޯ އެއް ލާފައެވެ. އެ ވީޑިއޯ އަކީ ރަކޭލް "ބަނޑުބޮޑު" އިރު ނަގާފައި އިން ވީޑިއޯ އެކެވެ. އެ ވީޑިއޯގައި އޭނާ ބުނީ އޭނާގެ ދައްތަ މަންމަ އަކަށް ވުމުގެ މަގުމަތީގައި ކަމަށް ހިތަށް އަރާފައި ނެގި ވީޑިއޯއެއް ކަމަށެވެ.