ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު އަލީގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ އެ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާ ކަމަށް ތުހުމަތުކޮށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހްގީގު ކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އެ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މި އަހަރުގެ 56 ވަނަ ޖަލްސާގައި، އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.