މިއީ އާންމު ކަމެއް ނޫން ނަމަވެސް، ދަރިއަކު ލިބޭ އިރު ދެމަފިރިން އެ ދަރިފުޅަށް ކިޔާނެ ރީތި ނަން ހޯދަން އުޅޭ އުޅުމާ ހިލާފަށް އިނގިރޭސި ދެމަފިރިއަކު އެމީހުންގެ ދަރިއަށް ނަން ދިނީ އިންޑިއާގައި މަޝްހޫރު ކެއުމެއް ކަމަށް ވާ ޕަކޯޅާ (ޕަކޯރާ) ގެ ނަމުންނެވެ.

މިދިޔަ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު އުފަންވި އެ ދަރިފުޅަށް ޕަކޯޅާ ކިއީ، އެ ކުއްޖާގެ މަންމަ އަށް ޕަކޯޅާ މީރުކަމުން ކަމަށް ހަބަރުތައް ބުނެއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕަ ރެސްޓޯރަންޓަކަށް ގޮސް ގެނައި ކެއުމާއެކު ހުރި ޕަކޯޅާ އޭނާއަށް މާ މީރުވީޔޯލައެވެ. އެހެންވެ ދަފިރުޅުގެ ނަމަކީ ޕަކޯޅާއެވެ.

ޕަކޯޅާ އަކީ، ރާއްޖޭގައި އާންމުކޮށް ހުންނަ "ކަވާބު" ނުވަތަ "މުށްބެއްދި" ހުންނަ ބައްޓަމަކަށް މޮޑެގެން ހަދާފައި ހުންނަ އެއްޗެކެވެ. އާންމުކޮށް ޕަކޯޅާ ހަދާފައި ހުންނަނީ އަލުވިން ކުޅިކޮށް ނަމަވެސް، ފޮނިކޮށްވެސް ހުރެއެވެ. އަދި އެކިއެކި ބައްޓަމަށްވެސް ހުރެއެވެ.

https://youtu.be/AVAc5CFQZIA

ރާއްޖޭގައި އާންމުކޮށް އިންޑިއާ ޝެފުން މަސައްކަތް ކުރަ ހޮޓާ، ރެސްޓޯރަންޓް ތަކުގައި ޕަކޯޅާ ހުރެއެވެ. އަތުތެރެއަށް ލައި ރަނގަޅަށް ފިތާލީމައި އިނގިލިތަކުގެ ދޭތެރެއިން ނުކުމެފައި ހުންނަ ބަޔާއެކު ތެޔޮގަނޑަށް ވައްޓާލައި، ތެލުލެވުނީމައި ނަގާ ގްރޭވި ނުވަތ ތަފާތު ސޯސް އާ ޖަހައިގެން ބައެއް މީހުން ނިކަން މީރުކޮށް ކައި ހަދައެވެ.