ގްރެވިޓީ އަށް އެލާޖިކުވާ ކަމަށާއި އޭގެ ސަބަބުން ދުވާލެއްގެ މައްޗަށް 10 ފަހަރު ހޭނެތޭ ކަމަށް ލިންޑްސީ ޖޯންސަން 28، ބުނެފިއެވެ.

މި އަންހެން މީހާ އޭނާގެ ބަލިހާލަތު ސިފަކުރަނީ އޭނާ އަކީ ގްރެވިޓީ އަށް އެލާޖިކުވާ މީހެއްގެ ގޮތުގައެވެ. 24 ގަޑިއިރުގެ ތެރެއިން 23 ގަޑިއިރު އަބަދު އޮށޯވެ އޮންނަ ލިންޑްސީ ބުނީ އޭނާ ކޮޅަށް ތެދުވެގެން ރަނގަޅަށް ހިނގާނުލެވެނީސް އޭނާ ވެއްޓޭކަމަށެވެ. ޔޫއެސް ނޭވީގެ ކުރީގެ އޭވިޝަން ޑީސެލް މެކޭނިން ލިންޑްސީ ބުނީ އޭނާ ބަލިވާން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށެވެ. އެންމެ ފުރަތަމަ ތަދުވާން ފެށީ ދަށްބަނޑަށާއި އުނަގަނޑަށް ކަމަށެވެ. އޭގެ ފަހުން ދުވަސްތައް ފާއިތުވެގެން ގޮސް އޭނާގެ ބަލި ހާލަތު އިތުރަށް ގޯސްވި ކަމަށާއި އެ ދުވަސްކޮޅު ވެގެންދިޔައީ ހަޔާތަށް އައި އެންމެ ދަތި ދުވަސްތަކަށް ކަމަށް އޭނާ ބުންޏެވެ. އެ ދުވަސްވަރަކީ ދުވާލެއްގެ މައްޗަށް މަދުވެގެން 10 ފަހަރު ހޮޑުލައި އަދި 10 ފަހަރު ހޭނެތޭ ދުވަސްވަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ލިންޑްސީ ވަނީ 2022 ވަނަ އަހަރު ޕޯސްޓުރަލް ޓަކިކާޑިއާ ސިންޑްރަމް އަށް ޑައިގްނޯސްވެފައެވެ. އެ ބައްޔަކީ އިށީދެންގެން އިނުމާއި ކޮޅަށް ހުރުމުން އޭނާގެ ހިތުގެ ހިނގުން އަވަސްވާ މައްސަލައެކެވެ. އަދި ހިތުގެ ތެޅުން އެއްވަރެއްގައި ނުހިފެހެއްޓެވުމެވެ. އޭނާ ބުނީ ބޭހުގެ އަސަރު މިހާރު ވަރަށް ބޮޑަށް ކުރާ ކަމަށާއި ކުރިން ދުވާލެއްގެ މައްޗަށް 10 ފަހަރު ހޭނެތޭ މީހާ މިހާރު ހޭނެތިގެން ވެއްޓެނީ ދުވާލެއްގެ މައްޗަށް ތިން ފަހަރު ކަމަށެވެ.

"އަހަރެންނަކަށް ގިނަ ވެގެން ތިން މިނެޓަށް ވެސް ކޮޅަކަށް ނުހުރެވޭނެ ހޭނުނެތިއެއް. ކުޑަކޮށް ރަނގަޅު ހެން ވެސް ހީވަނީ އޮށޯވެގެން އޮތީމައި،"

ލިންޑްސީ ބުނީ އުމުރުން 28 އަހަރުގައި ފުރޮޅުލީ ގޮޑިއެއްގައި އިނދެގެން ފެންވަރަށް ޖެހިދާނެ ހާލަތެއް ދުވަހަކުވެސް ހިތަށް ނަގައި ނުގަނެވޭ ކަމަށެވެ. މި ބައްޔަށް ފަރުވާއެއް ނެތްއިރު ފިރިމީހާ ޖޭމްސް އަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާ ކަމަށްވެސް އޭނާ ބުނެއެވެ.

2015 ވަނަ އަހަރުން ފެށިގެން މި ކަންތައްތައް ވެގެން ދިޔަ ނަމަވެސް އެއްވެސް ޑަކްޓަރަކަށް އޭނާ އަަށް ވަނީ ކީއްްކަން ބުނެދޭން ވަނީ ނުކުޅެދިފައެވެ. ކޮންމެ ޑަކްޓަރަކު ވެސް ބުނަނީ އެންޒައިޓީ ކަމަށެވެ. ނަމަވެސް އޭގެ ހަ އަހަރު ފަހުން މިވަނީ ބައްޔަކީ ކޮބައިކަން ދެނެގަނެވި އެ ބައްޔަަށް ޑައިގްނޯސް ކުރުމަށްފަހު ބޭސްކުރަން ފެށިފައެވެ.