ޕާކިސްތާނަށް މީހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ދެކުނުގެ އަވަށެއް ކަމަށްވާ ސިންދު އިން ދަނީ ކުރިމަތިލާން ޖެހިދާނެ ގޯހަކަށް ތައްޔާރު ވަމުންނެވެ.

ކޯރުތައް ފުރި ތިރީ ސަރަހައްދުތަކަށް ތިރި ސަރަހައްދުތަކަށް ފެންގަނޑު ފެތުރެމުން ދާއިރު އެތައް މިލިއަން ބަޔަކަށް ނުރައްކާވެ އިތުރު ތަކުލީފުތަކެއް ކުރިމަތިވެފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ. ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރައްމުނދާ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 1062 އަށް އަރާފައި ވާއިރު އެތައް ހާސް ބަޔަކުގެ ގެދޮރު ގެއްލި, 30 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ސީދާ އަސަރު ކޮށްފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ސިންދު ސަރަހައްދުގެ ފަރުބަދަމަތީ އުތުރުގައި ހުރި ކޯރުތައް ފުރި ބަންޑުން ވާނެ ކަމަށް ލަފާކުރެވޭ އިރު, މިކަމުގެ ސަބަބުން ހަލާކުވާނީ ހަމައެކަނި ސިންދު އަވަށެއް ނޫނެވެ. އިތުރު އެހެން އަވަށްތަކަށް ގެއްލުން ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ފެންބޮޑުވުމެގެ ސަބަބަން ހިތާމަވެރި ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން ހައިބަރު ޕަހްތުންހްވާގެ އުތުރު ސަރަހައްދުގެ ޕްރޮވިންސްއަށް ނިސްބަތްވާ މީހަކުވަނީ, އޭނާގެ އަންހެން ދަރިފުޅު ފެންބޮޑުވެފައިވާ ކޯރަކަށް ދަމައިގަނެގެން ގޮސްފައިވާ ކަމަށް ބުނެ, ބީބީސީއަށް މައުލޫމާތު ދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ ކޯރުގެ އައްސޭރިފަށާ ކައިރިވި ވަގުތު ކޯރުގެ ތެރެއަށް ވެއްޓި، ބާރު ޕްރެޝަރުގައި ދަމައިގަނެގެން ދިޔައީއެވެ.

މީގެ ކުރިން އެތައް ފަހަރަކު ފެންބޮޑުވުމާ ގުޅިގެން ލިބޭ ގެއްލުންތަކާ ކުރިމަތިލާފަވާ ޕާކިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި އުޑުމަތިން އުފެދުނު މި ބިރުވެރިކަމަކީ އެމީހުންނަށް ލަފާކުރެވޭ ވަރަށް ވުރެ މާ ބޮޑު ބިރުވެރިކަމެއް ކަމެކެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ޔޫއޭއީ، އަދި އެހެނިހެން ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް މިކަމުން އަރައިގަންނަން އަދިވެސް އިތުރު ފައިސާ ބޭނުންވާ ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެންމެ ބޮޑަށް ގެއްލުން ލިބުނު ހައިބަރު ޕަހްތުންހްވާ ޕްރޮވިންސްގައި ތިބި މީހުންނަށް 10 ބިލިއަން ރުފިޔާ (45 މިލިއަން ޑޮލަރު) ދޭން އިއުލާން ކުރައްވާފައިވާ ކަމަށް ޑޯން ޑެއިލީގައި ރިޕޯޓް ކުރެއެވެ. ފެންބޮޑުވުމުގެ އަސަރު ކޮށްފައި ވާ ކޮންމެ އާއިލާއަކަށް 25،000 ރުފިޔާ (112 ޑޮލަރު) ލިބޭނެ ކަމަށާއި، އެ ފައިސާ ހަފްތާއެއްގެ ތެރޭގައި ބަހާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި 33 މިލިއަން މީހުން ނުވަތަ އާބާދީގެ 15 ޕަސެންޓަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ މި ފެންބޮޑުވުމުން ލިބުނު ގެއްލުންތަކަކީ 2010-2011 ވަނަ އަހަރު މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑު ގެއްލުންތަކާ އެއްވަރުގެ ގެއްލުންތަކެއް ކަމަށެވެ.