ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އިންޑިއާ އަށް ވަޑައިގެންފިއެވެ.

ޝާހިދު އިންޑިއާ އަށް ކުރައްވާ މި ދަތުރުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާ، އދ. ގައި ހުރި އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޝާހިދުގެ މީޑިއާ އޮފީހުން ބުނެފައެވެ.

މިއަދާއި މާދަމާ އިންޑިއާގައި ޝާހިދު ހުންނަވާ ގޮތަށް ހަމަޖެހިފައި ވާއިރު އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާ އިރު މި ދަތުރުގައި އދ. ގައި މިހާރު ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން ހަވާސާއިން ބޭރުން ކުރާނެ ކަމެއް ހާމައެއް ނުކުރެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ތިން ބޭފުޅަކާ އެކު ކުރައްވާ ދަތުރަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުން ކަމަށް އދ. އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝާހިދުގެ މި ދަތުރުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންހަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވާ އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.

ޝާހިދު އިންޑިއާއަށަ ވަޑައިގެންނެވި އިރު ރަޢްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިވަހުތު ހުންނެވީ އިންޑިއާގައެވެ.