މާލޭ ފަޅު ތެރޭގައި 2 ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭ އިއްޒުއްދީން ފާލަން ކައިރީގައި ކަމަށެވެ.

މި އެކްސިޑެންޓްގެ ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 06:41 ހާކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި އެކަކަށް ވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މިއެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.