މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިން “އިންސްޕެކްޓަ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަގައެވެ.
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން އެދޭފަދަ ހިދުމަތަކަށް ހެދުމަށް މިޑުލްމެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި، ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ.
އަދި އިންސްޕެކްޓާ ކޯހަށް އެހާ އަހަންމިއްޔަތުކަމެށް ދެވޭ ސަބަބަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ. އަދި މި ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކުނުކުރާކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާ އަދި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ހިދުމަތް ދިނުން ތަރައްގީވާން އެބަޖެހޭ ކަމަށެވެ. އަދި ޓެކްނޮލޮޖިކަލް، އިޖުތިމާއީ އަދި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
އަދި މި ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެތިބޭ މަގުސަދުތައް ހާސިލުކުރުމަށް ހިންގޭ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާ އަދި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަން ޖެހިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މިއަދު ފެނިގެންދަނީ އިންޓަނެޓާ ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން ކަމާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާ ކަމަށެވެ.
ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން މިކަމަށް އަހުލުވެރިވެ ހުނަރުލިބި އަދި ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާން ޖެހިފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ، އެކަން އެގޮތަށް ނުހިނގާނަމަ ފުލުހުން މިހާރު މިކުރާގޮތަށް ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ފުލުހުންގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބުން އެއީ ދުރުކަމެއްކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ އިޖުތިމާއީ ވަރަށްގިނަ ކަންކަމީ ފުލުހުން އެކަންކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަންކަން ކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކި ގަބޫލުކުރަމުން އަންނަތަން ކަމަށް ސީޕީ ވިދާޅުވިއެވެ.
އަދި މިކަންކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނައި ފުލުހުންގެ މަސައްކަތްތައް ހިންގުމުގެ އޮނިގަނޑާއި ވައްޓަފާޅިތަކާ އަދި ވަކިން ހާއްސަކޮށް އެޓިޓިއުޑް ރަނގަޅުކޮށްގެން ކުރިއަށް ދިއުމަށް ކޯހުގެ ބައިވެރިންނަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.
ސީޕީ ވިދާޅުވީ، މިކަންކުރުމުގައި ފްރަންޓްލައިންގެ ޕޮލިސިން، ފްރަންޓްލައިން ރެސްޕޯންސްގެ މަސައްކަތް، ކްރައިމް އިންވެސްޓިގޭޝަން، އިންޓެލިޖެންސްގެ ދާއިރާގެ މަސައްކަތް، އަވައްޓެރި ފުލުހުންގެ މަސައްކަތާއި ވިކްޓިމުންނަށްދޭ ސަޕޯޓުގެ މަސައްކަތާއި ރޯޑް ޕޮލިސިން އަދި ސަޕޯޓް އެހެނިހެން ދާއިރާތަކުގެ މަސައްކަތް ގާތުން ބަލައި މެނޭޖްކޮށް ސުޕަވައިޒްކުރާ ފަރާތްތައް އެއް ވިސްނުމަކުން މިއަދު ކުރިއަށްދާން ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފުލުހުންގެ ހިދުމަތުގެ ކޯ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާއެކުގައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ހިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިންފަދަ ހިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުންކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
ފުލުހުން ކުރާވައްކަމާ ފޭރުން ވަރައް ބޮޑައް ފުޅާވެ ތަރައްގީ ވެއްގެ