ގެދޮރުވެރިންނަށް ހާއްސަކޮށް އެސްޓީއޯއިން ބޮޑެތި އިނާމުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"މަގޭ ހިޔާ"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަނުން ގޭގެއަށް ބޭނުންވާ އާލާތްތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ދޭ އިރު، ޑިސްކައުންޓު ދެނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ ބައިތަކަކީ:

  • 15 ހާހާއި 25 ހާހާ ދެމެދުގެ ވިޔަފާރިތަކަށް 12 ޕަސެންޓު
  • 25 ހާހާއި 35 ހާހާ ދެމެދުގެ ވިޔަފާރިތަކަށް 15 ޕަސެންޓު
  • 35 ހާހުން މަތީގެ ވިޔަފާރިތަކަށް 18 ޕަސެންޓު

އެސްޓީއޯއިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ކުރާ 5،000ރ ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. ޕްރޮމޯޝަންގައި ނަގާ ގުރުއަތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 20 ހާސް ރުފިޔާގެ އިނާމެއް، ދެވަނަ އަށް 10 ހާސް ރުފިޔާގެ އިނާމެއް، އަދި ތިންވަނަ އަށް 5،000ރ ގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަންނަ ނޮވެމްބަރު މަހުގެ 10 ގެ ނިޔަލަށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ނަގާ ލަކީ ޑްރޯގެ އިތުރުން، ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި އިނާމު ދޭނެއެވެ.