އެޑްނާ 87، ސައިމަން މާޓިން 47، އެންމެ ފުރަތަމަ ދިމާވީ ކޮންސެޓެއްގެ ތެރެއިންނެއެވެ. އޭރު އެޑްނާ އަށް 68 އަހަރެވެ. އަދި ސައިމަން އަށް އެންމެ 28 އަހަރެވެ.

މިދެމަފިރިން މިއަދު ފާހަގަ ކުރަނީ ދެމަފިރިންގެ ކައިވެންޏަށް 17 އަހަރެވެ. ސައިމަން ބުނީ އެންމެ ފުރަތަމަ ނަޒަރުން ވެސް އެޑްނާ ފެނި އޭނާ ކަމުދިޔަ ކަމަށާއި މި ލޯތްބަކީ "ލަވް އެޓް ފަސްޓް ސައިޓް" ކަމަށެވެ. އެޑްނާ ގާތު މި ލޯބި ސިފަކުރަން ބުނުމުންވެސް ބުނަނީ ހަމަ މިހެންނެވެ. އޭނާ ބުނީ ލޯބިވުމަށް އަހަރު މުހިއްމު ނޫންކަމަށާއި ހަޔާތުގެ ބައިވެރިޔާ ފެނުމުން އެކަން އިހުސާސްވާނެ ކަމަށެވެ.

ސައިމަން ބުނީ މީހަކު މުސްކުޅި ކަމަށް އަހަރަކުން ނުބެލޭނެ ކަމަށާއި މުސްކުޅި ވަނީ އަމިއްލަ އަށް މުސްކުޅިވުމުން ކަމަށެވެ. އަދި އެޑްނާ އޭނާގެ ހަޔާތަށް އައުމަކީ އޭނާގެ ދިރިއުޅުން ފުރިހަމަވި ކަމެއްކަމަށެެ.

"ލޯތްބަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ވެވޭނެ އެއްޗެއް. އުމުރަކަށް ބަލާފައެއް ނޫން ލޯބިވަނީ. ދެން އެހެން މީހުން ދައްކާ ވާހަކަ އަށް އަޅާނުލީމަ އެންމެ ރަނގަޅުވާނީ،" ސައިމަން ބުންޏެވެ.

ސައިމަން ބުނީ އެޑްނާ އާއި އޭނާގެ ގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ވަރަށް ގަބޫލުވި ކަމަށާއި ރަހުމަތްތެރިންވެސް މި ގުޅުމާ މެދު އުފާކުރާ ކަމަށެވެ.

އެޑްނާ އަކީ ރިޓަޔާޑް އިންޖިނޭރެކެވެ. އޭނާގެ ހަތަރު މާމަ ދަރިން ތިބެއެވެ. އެޑްނާ ބުނީ އޭނާ ކައިވެނީގެ ކޭކު އަޅައިދިނީ އޭނާގެ ދަރިފުޅު ކަމަށެވެ. އަދި ކައިވެނި ދުވަހު އައިލް ގައި އޭނާ ކައިވެނިކުރާ ހިސާބަށް ގެންދިޔައީ އޭނާގެ ފިރިހެން ދަރިފުޅުކަމަށެވެ.