އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން 2022 އޯލެވެލް އަދި އެސްއެސްސީ ގެ ނަތީޖާ މިއަދު 12 އިން ފެށިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ލިބޭނެ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް އޮތް ކަމަށް ފެންނަނަމަ މި މަހުގެ 21 އިން ސެޕްޓެމްބަރު މަހުގެ 1 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ޑީޕީއީއިން ވަނީ ބުނެފައެވެ.

އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް ހެދިއެވެ. އަދި އެގޮތުން އެ އިމްތިހާނު ޖުމްލަ 5939 ދަރިވަރުން ބައިވެރިވިއެވެ.