މިދިޔަ ފެބްރުއަރީ/މާޗް މަހު ބޭއްވި ކެމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓްތައް ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެކްޒެމިނޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ސެޓްފިކެޓްތައް ދޫކުރަން ފަށާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެ ޑިޕާޓްމަންޓްގެ ކައުންޓަރުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށެވެ.

ސެޓްފިކެޓް ބަލައި ދާ ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް ޑީޕީއީ އިން ބުނެއެވެ. އަދި ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސެޓްފިކެޓާ ހަވާލުވާ ނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑުގެ އަސްލު ނުވަތަ ފޮޓޯއެއްގެ އިތުރުން، ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަން ޖެހޭނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

މިއަހަރުގެ އެސްއެސްސީ އަދި އޯލެވަލް އިމްތިހާނު ޖުމްލަ 8,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު،، މުޅި ރާއްޖޭގެ 267 ސެންޓަރެއްގައި އިމްތިހާނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ 21 ސެންޓަރާއި އަތޮޅުތެރޭގެ 246 ސެންޓަރު ހިމެނެއެވެ. މި

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ފެބްރުއަރީ/މާޗް މަހު އިމްތިހާނު ބޭއްވި ނަމަވެސް، މިހާރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.