މާބަނޑު މީހުންނަށް ލިބޭ އިނާޔަތް ހޯދަން މާބަނޑުވި ކަމަށް ހެދުނު ކުރީގެ ޖޯޖިއާގެ ސްޓޭޓް އޮފިޝަލަކަށް ދައުވާކޮށްފިއެވެ.

އެޓްލާންޓާ އަށް އުފަން ރޮބިން ފޮލްސޮމް 43، އަހަރު ވަނީ އެކި ފަހަރު މަތިން މާބަނޑު މީހުންނަށް ލިބޭ އިނާޔަތްތައް ހޯދަން މާބަނޑު ކަމަށް ހެދިފައެވެ. ފޭކް ބަނޑެއް އެމެޒޮން އިން ގަނެގެން އެ ބޭނުންކުރި ރޮބިން އެކަން ކުރާކަން ފަޅާއެރީ އޭނާ އާއެކު މަސައްކަތްކުރާ އެހެން މުވައްޒަފަކަށެވެ. ރޮބިން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބަނޑުބޮޑުކަން އިއުލާން ކުރުމަށް ފަހު އޭނާ ވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު ވިހެއި ކަމަށް ބުނެފައެވެ. އަދި މައިންނަށް ލިބޭ ޗުއްޓީ ހޯދާފައެވެ.

އަދި އެ "ދަރިފުޅުގެ ބައްޕަ" ކަމަށް ބުނާ މީހަކު އެ އެޖެންސީއަށް ކުރި މެއިލެއްގައި ބުނީ ވިހެއުމާ ގުޅިގެން ރޮބިން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް އޭނާއަށް މުސާރަ ލިބޭ ގޮތަށް ޗުއްޓީ ދިނުމަށް އެދިފައެވެ.

ރޮބިން ވަނީ އޭނާ ވިހެއުމަށް ފަހު ސޯޝަލް މީޑިއާއިން ކުޑަކުދިންގެ ފޮޓޯ ނެގުމަށް ފަހު އެ ކުދިންނަކީ އޭނާގެ ކުދިން ކަމަށް ބުނެ އޭނާ އާ އެކު މަސައްކަތްކުރާ މުވައްޒަފުންނަށް ފޮޓޯވެސް ފޮނުވާފައެވެ. މެޑިކަލް އިންޝުއަރެންސްގެ ރެކޯޑުން ދައްކާގޮތުގައި އޭނާ ޗުއްޓީ ނެގި މުއްދަތުގައި އެއްވެސް ދަރިއަކު ވިހޭކަމަކަށް ނުދައްކައެވެ.

މެއި މަހު ވިހޭ ކަމަށް ރޮބިން ބުނި އިރު ހަމަ އެ އަހަރުގެ އޮގަސްޓް މަހު ރޮބިން ވަނީ އަނެއްކާވެސް އޭނާ މާބަނޑު ކަމަށް އޭނާ މަސައްކަތް ކުރާ ތަނަށް އަންގާފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާއިރު މައްސަލަ ނިމޭގޮތަކުން އޭނާ 25 އަހަރަށް ޖަލަށް ލުން ވެސް އެކަށީގެންވެއެވެ. އެއާއެކު 103،000 ޑޮލަރުން އޭނާ ޖޫރިމަނާ ވެސް ކުރާނެއެވެ.