ސްކޮޓްލޭންޑުން އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ސެނިޓަރީ ނެޕްކިން ނުވަތަ ޕެޑް ލިބޭނެ ގޮތް އެ ގައުމުގެ ހެލްތް މިނިސްޓްރީ އިން ހަމަޖައްސައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އެ ނިންމުން ނިންމާފައިވާއިރު މިހާރު ވަނީ އެ ނިންމުމަށް އަމަލުވެސް ކުރަން ފަށާފައެވެ. އެއާއެކު ސްކޮޓްލޭންޑް ވެފައިވަނީ ހިލޭ ޕެޑު ދޭން ފަށާފައިވާ ފުރަތަމަ ގައުމަށެވެ. ސްކޮޓްލޭންޑުގެ ޕާލިމެންޓް މެންބަރެއް ކަމަށްވާ މޮނިކާ ލެނަން ވަނީ 2020 ވަނަ އަހަރުވެސް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވައްދާފައެވެ. ނަމަވެސް އޭރު އެކަން ކުރަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ.
ނަމަވެސް މިހާރު ސްކޮޓްލޭންޑުން ހިލޭ ޕެޑު ލިބޭނެއެވެ. މޮނިކާ ވިދާޅުވީ މި މައްސަލަ ވަކިކޮޅެއްގައި ޖައްސަން އެންމެ އުނދަގޫވީ ލޯކަލް އޮތޯރިޓީތަކުންނާ ޕާޓްނާޝިޕް އޯގަނޭޝަން ތަކުން އެކަން ކުރުމަށް ހުރަސްތަކެއް އެޅުމުން ކަމަށެވެ. ނަމަވެސް ބުރަ މަސައްކަތްކޮށް ހިލޭ ޕެޑު ލިބޭ ގައުމަކަށް ސްކޮޓްލޭންޑް ވުމުން އެކަމާ އުފާވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ބޮޑެތި ކެމްޕޭނުތަކާއި އެކި ކަންތައްކޮށްގެން ހާސިލްވި ކަމެއް މިއީ،"
ސްކޮޓްލޭންޑުގެ މަޝްހޫރު ކުންފުނި "ހޭ ގާލްސް" ގެ މެނޭޖަރު ޖޯޖީ ނިކޮލްސަން ބީބީސީ އަށް ބުނީ ކޮވިޑް ޕެންޑެމިކް ގެ ކުރިން ބޮޑު ދިރާސާއެއް ކުރިކަމަށެވެ. އެ ދިރާސާ އިން ހާމަވީ ކޮންމެ ހަތަރު އަންހެނުންގެ ތެރެއިން އެކަކު ޕީރިއަޑް ޕޮވާޓީއާ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
" ވިހައިގެން އުޅޭ މީހުންނަށް ލިބުނު އުފާވެރި ހަބަރެއް މިއީ. ބައެއް މީހުން ޕީރިއަޑްވުމުން އެބަ ބޭނުން ކުރޭ ނޫސްކަރުދާސް ނޫނީ އިސްޓާކީނު ކަހަލަ އެއްޗެހި ވެސް. އެއީ އަތްމަތި ދަތިވުމުގެ ސަބަބުން ދަރިފުޅަށް ބޭނުންވާ ސާމާނު ނުގަނެވިދާނެތީ ބިރުން. ބައެއް މީހުން ޕާން ވެސް ބޭނުންކުރޭ. އެއީ މި އެއްޗެއްސަށް ވުރެ ޓެމްޕޯންސް އަގުބޮޑުވީމަ،"
ސްކޮޓްލޭންޑުން ޕީރިއަޑް ޕްރޮޑަކްޓްސް ހިލޭ ދޭން ފެށުމާއެކު އެ ގައުމުގެ ރައްޔިތުން ބުނަނީ މިއީ ބޮޑު މައިލްސްޓޯނެއް ކަމަށެވެ.
2023 ގެ ރިޔާސީ ވައުދު ތަކުގެ ތެރެއިން ނެޕީ އާއި ޕެޑް ހިލޭ ލިބޭގޮތް ހެދުން ވަރަށް މުހިންމު /މަގޭ ތާއީދު އެމީހަކަށް
މިގައުމުގަވެސް ޕެޑާއި ނެޕީ ހިލޭ ލިބޭނެގޮތް ހެދުން ވަރަށް މުހިންމު / އާސަންދައިގެ ދަށުން ލިބޭގޮތް ހަދަންވީ/ ގިނަ މީހުންނަކީ އާސަންދައިން ބޭސް ފަރުވާވެސް ނުކުރާ މީހުން މިއީ ވަރަށް ރަނގަޅު ކަމަކަށް ފެނޭ