އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްގީ ކުރުމަށް 23 ފަރާތަކަށް ބިން ދޫކޮށްފިއެވެ.

އެ ބިންތަކަށް ކުރިމަތިލާން މިދިޔަ އޭޕްރިލް މަހު ހުޅުވާލިއިރު، ބީލަން ކާމިޔާބުކުރި ފަރާތްތަކާ އެކު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އެކަމުގެ އެއްބަސްވުންތަކުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެ އްބަސްވުންތަކުގައި އައްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވައި، ބިން ވެރިންނަށް އެއްބަސްވުންތައް ހަވާލުކޮށްދެއްވީ އެ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

https://www.facebook.com/adducitycouncil/posts/pfbid06NuJEGqiC2TKoa1L1jHePasCigcVmvb7UUSCBCxyeGyvB5gkvh72FjdYeNqXP2nCl

އައްޑޫގެ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ވަނީ އެ ސިޓީން ދޫކުރި ބައެއް ޒޯންތަކުގެ އަދަދު ހާމަކޮށްފައެވެ. އެގޮތުން:

  • ހިތަދޫ ޒޯން: ހަ ބިން
  • ފޭދޫ ޒޯން: ދެ ބިން
  • ހުޅުދޫ ޒޯން: އަށް ބިން
  • މީދޫ ޒޯން: ހަތް ބިން

ނަމަވެސް، އޭގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫން 2،400 އަކަފޫޓުގެ ބިމަކާއި، 3،000 އަކަފޫޓުގެ ބިމެއްގެ އިތުރުން، 5،000 އަކަފޫޓުގެ ބިމެއް ވެސް ދޫކޮށްފައިވެއެވެ.

އެ ސިޓީގައި ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި، ރިސޯޓުތަކާއި ހޮޓާތަކާއި އަވަށްތަކުގެ ޓޫރިޒަމް ޒޯންގެ ޕްލޭން ހިމަނައި ކޮންސެޕްޓެއް އެކުލަވާލާފައިވެއެވެ.