ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ނެވާ ހޭވް އައި އެވާ" ގެ ތިން ވަނަ ސީޒަން އިއްޔެ ރިލީޒްކޮށްފިއެވެ.

ދެހާސް ވިހި ވަނަ އަހަރު ނެޓްފްލިކްސް އިން ރިލީޒްކުރި މި ސީރީޒްވެފައި ވަނީ ބޮޑު ހިޓަކަށެވެ. އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޓީނޭޖް އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ މި ފަހަރުގެ ސީޒަނަށް މުޅިން އާ އިންޑިއާ ކެރެކްޓާއެކު އާދެއެވެ. އެއާއެކު މި ސީރީޒްގެ މެއިން ކެރެކްޓާ ދޭވީ އާއެކު އިންޑިއާ އަށް ނިސްބަތްވާ ތިން ކެރެކްޓާ ސީރީޒްގައި އުޅޭނެއެވެ.

"ނެވާ ހޭވް އައި އެވާ" ސީޒަން ތިނެއްގެ 10 އެޕިސޯޑު ހިމެނޭއިރު މި ސީޒަން ރީތި ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މި ފަހަރުގެ ސީޒަންގައި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވެސް ބުނެއެވެ. ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާ މި ސީރީޒްގެ ފަހު އެޕިސޯޑް ގިނަ ބަޔަކު ބަލާ ނިންމާލީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. ބެލެވޭ ގޮތުގައި މި ސީރީޒްގެ ހަތަރުވަނަ ސީޒަނެއް އަންނަ އަހަރު އަންނާނެއެވެ.

މި ސީރީޒުން ފެނިގެންދާ އެހެން ތަރީންގެ ތެރޭގައި ޕޫރްނާ ޖަގަނާތަން، ސެންތިލް ރާމަމޫރުތީ، ޑެރެން ބާނެޓު، ލީ ރޮޑްރިގޭޒް، ޖެރެން ލިއުސަން އަދި ރިޗާ މޫރްޖާނީ ހިމެނެއެވެ.

"ނެވާ ހޭވް އައި އެވާ" އުފެއްދީ މަޝްހޫރު ކޮމޭޑިއަން އަދި ޕްރޮޑިއުސަރު މިންޑީ ކޭލިންގްއެވެ.