އޫރުމަސް ހިމެނޭ ޕެކެޓްތަކެއް ރެޑްވޭވް ފިހާރައެއްގައި ވިއްކަން ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕެކެޓް ވިއްކަން ބަހައްޓާފައި ވަނީ ހުޅުމާލެ ރެޑްވޭވް ސިޓީ ސްކެއާގައެވެ.

މި މައްސަލައާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވީ ރެޑްވޭވްގައި ވިއްކަން ހުރި އޫރުމަސް ހިމެނޭ ޕެކެޓުތައް މީގެ ދެ ހަފްތާ ކުރިން ނަގާފައިވާ ކަމަށެވެ.

އަޅުގަނޑުމެން މިގެންނަނީ އޮސްޓްރޭލިއާ އާއި އެތައް މިތަނުން އެއްޗެހި ގެންނައިރު، މިކްސްކޮށް އެތައް ބައިވަރު އައިޓަމްތަކެއް ގެންނައިރު ވަން ބައި ވަން އަށް ބަލައިގެން ނޫނިއްޔާ ނޭނގޭނެތާ، އަޅުގަނޑުމެންނަށް އޭތި ފެނުން ހިސާބުން ނެގީ ހަމަ
ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، އެ މައްސަލަ އެ އޮތޯރިޓީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައި ވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތި ހިސާބުން ވަގުތުން ވަގުތައް އެކްޝަން ނަގަން އަންގާފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.