އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ބުނުމުން، މާލޭގެ ފިހާރައެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ލިބިފައިވާ ބިދޭސިއަކު ދައުވާ އިން ސަލާމަތް ވެއްޖެއެވެ.

އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ދައުވާކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަކީލް ހޮސައިނަށެވެ. މުހައްމަދު ޝަކީލް ހޮސައިންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ، މީގެ ދެ އަހަރު ކުރިން، އޭނާ މަސައްކަތްކުރި ފިހާރައިގައި ހުއްޓާ އެ ފިހާރައަށް ދިޔަ އަންހެން ކަސްޓަމަރަކަށް މިރުސް ނަގައިދިނުމަށް ފަހު، ކައުންޓަރު ކައިރިއަށް ދިޔަ މަގުމަތީގައި، އެ އަންހެން މީހާގެ ލަދުވެތި ގުނަވަނުގައި ވަނީ އަތްލައިފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ:

  • އެމްޑީ ޝަކީލް ހޮސައިން ޖިންސީ ގޯނާކުރި މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ކަމަށް
  • އަނިޔާ ލިބުނު މީހާގެ ކޮއްކޮ ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށް
  • އެހެންވެ އަނިޔާ ލިބުނު މީހާގެ ބުނުން ފިޔަވައި އިތުރު ހެއްކެއް ނިންމާފައިވާ ކަމަށް

ކޯޓުން ކުރި ހުކުމްގައި އިތުރަށް ބުނީ، އެ މައްސަލައިގައި އެއްވެސް ތަހްލީލެއް ކުރި ކަން އެނގެން ނެތް ކަމަށާއި، ކުށުގެ ސީނަށް ދިޔަ ދެ ފުލުހުން ގާތު ކަންވީގޮތް އަންހެން މީހާ ކިޔައިދިނުމުން ދެ ފުލުހުން ހެކިބަސް ދިނަސް، އެއަށް ބާރުދޭ އިތުރު ހެއްކެއް ނެތް ކަމަށެވެ.

އެހެންކަމުން، އެމްޑީ ޝަކީލް ހޮސައިންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.