މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިން ދަރަންޏަށް މުދާ ނެގި މިންވަރު 20 ޕަސެންޓު އިތުރުވެފައިވާކަން ހަމާވެއްޖެއެވެ.
އެމްއެމްއޭއިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އިގްތިސާދީ ބުލެޓިންއަށް ބަލާއިރު އަމިއްލަ ބޭނުމަށް ނަގާ ލޯނުތަކުގެ ނިސްބަތް މަތިވެފައިވަނީ ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމުންނާއި ދަރަންޏަށް މުދާ ނަގާ މިންވަރު އިތުރުވުމުންނެވެ. އަދި
އެ ކުއާޓާގައި އަމިއްލަ ބޭނުންތަކަށް ދޫކުރި ލޯނުތައް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ޕްރައިވެޓް ސެކްޓާއަށް ދޫކުރާ ލޯނުގެ 38 ޕަސެންޓް ހިއްސާކުރާ ކަމަށާއި ފަތުުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭއިން ބުނެއެވެ،
އެމްއެމްއޭއިން ބުނީ އެ ނިސްބަތް ދަށަށް ދިޔައީ އަލަށް ތަރައްގީކުރާ ރިސޯޓުތަކަށާއި މަރާމާތުކުރާ ރިސޯޓުތަކަށް ދޫކުރި ލޯނުގެ އަދަދު މަދުވުމުން ކަމަށާއި އިމާރާތް ކުރުމުގެ އެހެނިހެން މަޝްރޫއުތަކަށް ދޫކުރި ލޯނުތައް އިތުރުވުމާއެކު އެ ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ އެއް ޕަސެންޓް މަތިވެފައެވެ.