ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން ހޯދަން އިއުލާނު ކުރި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ފުލުހުން ހޯދަން އިއުލާން ކޮށްފައި ވާނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދު ދީދީ (27އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ) އެވެ.

ފުލުހުން ބުނީ، ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން މުނާދު ޖައުފަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން މީގެ ކުރިން 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މައުސޫމް މުހައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަހްމަދު ސާތިއު (21އ)ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.