ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެންހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މިހާރު ކުރިއަށް ދަނީ ސެޓްލްމަންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވްމަންޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގުބައްތި ހަރު ކުރުމާއި، މަގުމަތީ ނިޝާން ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.