ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ފުލުހުންނާ ގުޅިގެން ނަގާފައިވާ ކަމަށާއި އެ ފޮޓޯތައް ވެސް ނިކުންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ޖިންސުން ގުޅުހުން ހިންގުމާއި ބަރަހަނާ ވީޑިއޯތައް އަދި ފޮޓޯތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕުގައެވެ.
ފުލުހުންނާއި ގުޅިގެން ގިނަ ބައެއްގެ ފޮޓޯ ނަގާފައިވާ ކަމަށާއި އަދި އެ ފޮޓޯތައް ވެސް ނިކުންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރާއި ބައެއް ވަޒީރުންގެ ބޭނުމަށް އެމަނިކުފާނުގެ ކޮއްކޮ އާއި އެމަނިކުފާނު ކަތިލި ނަމަވެސް ނުގުޑާނެ ކަމަށެވެ. އަދި ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށާއި ދެން ނާޒިމް ކުޑަގޮޅިއަށްލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ނާޒިމް ޖަލަށް ލި ކަމުގައި ވިޔަސް ބަރަހަނާ ފޮޓޯ އާއި ވީޑިއޯގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފުލުހަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއާ ބެހިގެން ނުވާނެ ކަމަށެވެ.
ފުލުހުން އެމީހުން ގަދަކަމުން އޮރިޔާން ކޮށްގެން ފޮޓޯނެގީދޯ. އަންނިބެއައް އެނގޭނެ.