ލީކް ވެގެން އުޅޭ ފޮޓޯ އާއި ވީޑީއޯ މައްސަލައިގައި މެންބަރުން ހަވަރަށް ދޭ ތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި ވީ ހާލެއްގަ ވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އަދި ފޮޓޯ ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.
އެއްވެސް މައްސަލައެއްގައި މެންބަރަކު ފުލުހަށް ހާޒިރު ކުރާ ނަމަ އެކަން މަޖިލީހުގެ އިދާރާއަށް އަންގަން އެދިވަޑައިގެން ރައީސް ނަޝީދު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީ އެއް ފޮނުއްވާފައެވެ.
އެ ސިޓީގައި މަޖިލީހުގެ ވަަޓްސްއަޕް ގްރޫޕުގައި ހިއްސާކުރައްވާ ރައީސް ނަޝީދު ވަނީ މެންބަރުންގެ ޒާތީ ކަންކަމުގައި މެންބަރުން ހަވަރަށް ދޭ ތަން ބަލަން އެ މަނިކުފާނު ނުހުންނަވާނެ ކަމަށާއި މެންބަރުން ވީ ހާލެއްގައި އެ މަނިކުފާނުވެސް ވާނެ ކަމަށް ވިދާޅުވިއެވެ.
މިއީ ހަމަ ފައްކާ ދައްޖާލެއް ކަލޭނޭ ލިވާތުކުރުން ވެސް މީނަ ދިފާއު ކުރަމުން މިދަނީ މިއީ ކޮންފަދަ ނުބައި ނުލަފާ ޖާހިލެއް