ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ" ގެ 5 ވަނަ ޕްރޮގްރާމް މިމަހު 30 ގައި ބޭއްވުމަށް ނިންމާފިއެވެ.
މަޖިލީހުން ބުނީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ، "އާސްކް ސްޕީކާ"ޕްރޮގްރާމް އޮންނާނީ ޖޫން 30، 2022 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގައި ކަމަށެވެ.
މަޖިލީހުން ބުނީ ޕްރޮގްރާމް ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެ ކަމަށެވެ. އެ ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރުމަށްފަހު ފޮނުވައިގެންނާއި ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ބުނެއެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.
ސުވާލުކުރާ ފަރާތުގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ ޖޫން 30 ގެ މެންދުރުފަހު 2 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ކަމަށް މަޖިލީހުން ބުނެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރާއިރު AskSpeaker# ބޭނުން ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.
އާސްކް ސްޕީކާގެ 4 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވާއިރު އެންމެ ފަހު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.
ކުރަންވީ ސުވާލު ލިޔަނީވެސް ނަޝީދު ދެން ކޮން އާސްކް ސްޕީކަރެއް ކިޔާކައް.