ނ. އަތޮޅު ލަންދޫގައި ދެ ރުކެއްގެ ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިހާދިސާ ހިނގާފައިވަނީ ލަންދޫގައި ލޭންޑިން ކްރާފްޓް އަކަށް ރުށްތަކެއް އެރުވުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ 53 އަހަރުގެ ބަނގްލަދޭޝް މީހަކު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 04: 15 ހާއިރު ކަމަށެވެ.

މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.