ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ބައެއް ބްރޭންޑްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

ގިނަ ގައުމުތަކުގައި ބައްޕައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ ޖޫން މަހެއްގެ ތިންވަނަ އާދީއްތަ ދުވަހުގައެވެ.

އެސްޓީއޯއިން ބުނީ، ބައްޕައިންގެ ދުވަހާ ގުޅުވައި، ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ މަޝްހޫރު ދެ ބްރޭންޑެއް ކަމަށްވާ ނެދަލޭންޑްސްގެ ފިލިޕްސް އާއި އެމެރިކާގެ ރެމިންޓަން ބްރޭންޑްގެ ޓްރިމަރާއި ތުނބުޅި ބާލާ އާލާތްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން މިއަދު ނިންމާފައިވާ ކަމަށެވެ.

ފިލިޕްސް އާއި ރެމިންޓަން އަކީ އާންމުންގެ މެދުގައި މަގްބޫލް ބްރޭންޑެކެވެ. އެގޮތުން، ރެމިންޓަން ބްރޭންޑުގެ ދަށުން އިސްތަށި ރީތިކުރާ އެކި އާލާތްތައް ލިބެން ހުންނައިރު، ފިލިޕްސްގެ ދަށުން ލިބެން ހުންނަ އެކި ސާމާނުތަކަކީ ވެސް އާންމުންގެ މެދުގައި މަގްބޫލު ސާމާނުތަކެކެވެ.

ބައްޕައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ތިންވަނަ އާދީއްތަ ދުވަސް ކަމަށްވާއިރު، މިއަހަރު އެ ދުވަސް ފާހަގަކުރަނީ މި މަހުގެ 19 ގައެވެ.