ހެންވޭރު ގެއެއްގައި ހުރި ލިފްޓަކަށް އަރައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހެންވޭރުގެ ގެއެއްގައި އުޅެމުންދާ އަންހެނެއް، އެ ގޭގެ ލިފްޓަށް އެރި ވަގުތު، އެ ލިފްޓަށް އެރި ފިރިހެނަކު އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ މައުލޫމާތުގައި ވާ ގޮތުން، އަންހެން މީހާ އަށް ޖިންސީ ގޯނާކޮށްފައި ވަނީ، ހެންވޭރު މުސްތަރީ މަގާއި ސަހަރާ ސަރަހައްދުގައި މޫނު ނިވާކޮށްގެން އުޅޭ، ކާކުކަން ދެނެގަނެވިފައި ނުވާ ފިރިހެނެކެވެ.

ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ރާއްޖޭގައި އިތުރުވެފައި ވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައްވެސް ފެންމަތިވެއެވެ.