ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ސައުތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް މި މަހުގެ 4 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނެކެވެ އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލަ ރިޕޯޓުކުރި ދުވަހު ކަމަށް ވެއެވެ.
މިފަދަ މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައިވާއިރު މި މަހުގެ 3 ވަނަ ދުވަހުވެސް ވަނީ އަޕާ ސައުތު ޕޮލިސްގައި ހިނެނޭ ރަށެއްގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކުރި މައްސަލައިގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ވެސް މި މަހު ވަނީ އުމުރުން 3 އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް ދިމާވަނީ އެ ކުދިންގެ އިތުބާރު ހިފޭ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ފަރާތުންކަން ފާހަގަލޮށްލެވެއެވެ.
