ތަކެތީގެ އަގުބޮޑުވާކަން ރައްޔިތުންނަށް އިހުސާސް ނުވާކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ފެންނަނީ ފިނޭންސް މިނިސްޓަރުގެ އަތަށް ބާރުތައް ނަގަން އުޅޭ މަންޒަރު ނޫން ކަމަށާއި ސަރުކާރާއި ވަޒީރުގެ ބޭނުމަކީ ޗެކް އެންޑް ބެލެންސް ގެނައުމާއި ބާރުތައް ދޫކޮށްލެއްވުން ކަމަށެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގައި ތަކެތީގެ އަގު ބޮޑުވަމުން އަންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ރާއްޖޭގެވެސް އިންފްލޭޝަން އޮންނާނެ ކަމަށާއި އެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މުޅި ދުނިޔެއަށް ދިމާވާ ކޮންމެ ދައްޗެއްގައި ރާއްޖެވެސް އޭގެ ތަހައްމަލު ކުރަންޖެހޭ ކަންކަން ހުންނާނެ ވެސް ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ މިހާލަތުގައި ރައިސް ސޯލިހާއި ވަޒީރުން ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށާއި ލޯނު ނުދެއްކުމުގެ ބިރު ރާއްޖެއަށް ނެތްކަން އިއްޔަ ހާމަވެފައިވާ ކަމަށެވެ. އަދި ދަރަނި ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހެދުމަކީ ސަރުކާރަށް ނުސީދާކޮށް ދުއްތުރާކުރުން ކަމުގައި ސަލީމް ފާހަގަކުރެއްވިއެވެ.
ތަކެތި އަގު ބޮޑު ވުމުން އޭގެ ދައްޗެއް އިހުސާސެއް ނެތީ ސަލީމަށް. ސަލީމުގެ މުސާރަ އިންތިހާއަށް ބޮޑު. އާއްމު ރައްޔިތުންގެ އަތްމަތި ވވ ދަތި.