މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެއް ކަަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު އިއްޔެ ހުޅުމާލޭގައި މާބުލް ޝީޓުތަކެއް ތެރޭގައި ފިތިރިގެންވެސް ބިދޭސީއަކު ވަނީ މަރުވެފައެވެ. އަދި އެ ހާދިސާގައި އަނިޔާ ލިބުނު އިތުރު އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.