ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 42 ކީލޯގެ މަސްތުވާތަކެތި ހޯދައި ހައްޔަރު ކުރި 2 މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އަހްމަދު ހުސައިން (39އ) އާއި ކ. މާލެ، މ. ނޫރު، އަބްދުﷲ ނަޝީދު (46އ) އެވެ. އެމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައި ވެއެވެ.

ޕީޖީން ބުނީ މާޗު 24، 2022 ދުވަހު މ. ލަވްނެސްޓް ގޭގައި ބަރުދަނުގައި ގައިގަނޑަކަށް 42 ކިލޯ ހުންނަ ވަރުގެ މަސްތުވާތަކެތި (ޑައިމޯފިން) ރައްކާކޮށްފައި ހުއްޓާ ފެނިގެން ފުލުހުން ތަހުގީގުކޮށް އެ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

‎ދައުވާ ނުކުރަން ނިންމި ސަބަބުތައް:

  • މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމުގައިވުން.
  • މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން.
  • މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި، ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީއާއި، މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވު

މާލޭގެ މާފަންނުގައި ހުންނަ މ. ލަވްނެސްޓުގެ ކޮޓަރިއެއްގެ ތަޅުން ދަށުން 42 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ އަބްދުﷲ ނަޝީދެވެ. އޭރު 2 ވަނަ މީހާ، ޕީއެންސީގެ ކައުންސިލް މެންބަރަކަށް އޭރު ހުރި އަހްމަދު ހުސައިން އުޅުނީ ފިލައިގެންނެވެ.

މިހާރު އޭނާ ކައުންސިލުން ވަކިކޮށްފައި ވާއިރު، އޭނާ ބަންދު މަޖިލީހުގައި ބުނެފައި ވަނީ، އޭނާއާ މެދު ބަޔަކު މައްސަލަ ޖައްސާފައި ވަނީ އޭނާއަށް ދެރައެއް ދިނުމުގެ ގޮތުން ކަމަށެވެ.