އަށް މީހުންނާއެކު މުދާ އުފުލައިގެން ދަތުރު ކުރަމުން ދިޔަ "މާޒު" ބޯޓު ފުންކޮށްފިއެވެ.

އެ ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 4:51 ހާއިރެވެ.

"މާޒު" ބޯޓު ފަރަށް އަރާފައިވަނީ މާލޭން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރުގެ އިރު އުތުރުން އަށް ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:45 ހާއިރު އެ ބޯޓު ފުންކޮށްފައިވާ ކަމަށާއި، ބޯޓުގެ ބަނޑު ފިލާ ފަޅައިގެން ގޮސްފައިވާތީ، ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ޕަންޕެއް ބޭނުންކޮށްގެން ފެން ހިއްކަމުން ދާ ކަމަށެވެ.

މިހާރު އެ ބޯޓުގެ މިސްރާބު ހުރީ މުއްޔަށް ކަމަށް ވެސް، އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.