ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް ހިންގާ "ބާކީނުވޭ" ކެމްޕެއިން ނުފެށެނީސް ކަފުންވެއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"ބާކީނުވޭ" ކެމްޕެއިންގެ ބައިވެރިން "ބާކީނުވޭ“ ހޭސްޓެގް ބޭނުން ކުރަމުން އަންނައިރު އެ ފަރާތްތަކުން ބުނަމުން އަންނަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދިން ކަމަށާއި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިވެހިން ބަރޯސާ ވަނީ އެ ގައުމަށް ކަމަށެވެ. އެހެންކަމުން އިންޑިއާއަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ މުޅި ގައުމު މިވަގުތު ފުރިހަމަ ސަމާލުކަން ދީގެން ކުރާ މަސައްކަތަކީ "އިންޑިއާ އައުޓް" ހަރަކާތް ކަމަށާއި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ވޭނާއެކު އިންޑިއާއަށް މިއަދު ފެންނާނެ މަންޒަރަކީ ދިވެހިރާއްޖޭގައި އެ ގައުމުގެ ސިޔާސަތަށް ތާއީދު ނެތް މަންޒަރު ކަމުގައި ވެސް ވިދާޅުވެފައެވެ.
އިންޑިއާގެ ދިފާއުގައި ކެމްޕެއިނެއް ފަށާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަ ވެފައިވަނިކޮށެވެ. މި ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.
ޖޭއެސްސީން ކެނެރީގެ ނަޝީދު ބާކީކުރޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ބާކީކުރޭ މަޖްލީހުގެ މެމްބަރު ކަމުން ކެނެރީގެ ނަޝީދު ބާކީކުރޭ އެމްޑީޕީގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ބާކީކުރޭ މާލޭން ކެނެރީގެ ނަޝީދު ބާކީކުރޭ ރާއްޖޭން ކެނެރީގެ ނަޝީދު ބާކީކުރޭ
އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް