ގއ. ވިލިނގިލީ ބޭރު ތޮށި ނެރު މައްޗައް އަރާ ހިނގި ލޯންޗް އެކްސިޑެންޓްުގައި 2 މީހަކު މަރުވެފައި ވާއިރު، ސަލާމަތްވި 3 މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. އަނެއް 2 މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ އިރު، 3 މީހުންވެސް މާލެ ގެނެއުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ 3 މީހުން މާލެ ގެނައުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުންނަށްވެސް އަންގާފައި ވާ ކަމަށެވެ.

ލޯންޗް އެކްސިޑެންޓް ހާދިސާގައި މަރުވެފައި ވަނީ ގއ. ވިލިގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ އުރަހަ، އަހުމަދު ޝާފިއުއެވެ. މިސްބާހަކީ އެކްސިޑެންޓްވި ލޯންޗް "ނީމޯ" ގެ ވެރި މީހާއެވެ.

https://fb.watch/d8WPZvKzuE/

މިރޭ 7:15 ގައި ހިނގި މި އެކްސިޑެންތް ހިނގާފައި ވަނީ، ރިސޯޓަކުން އެމީހުން ނަގައިގެން ވިލިނގިލީ ފަޅު ތެރެއަށް ލޯންޗު ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހިގެންނެވެ.

ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ހާދިސާގައި ޒަހަމްވި ތިން މީހުންގެ ހާލު ސީރިއަސް ކަމުން، އެ ތިން މީހުން އިތުރު ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. މިހާދިސާގައި ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައި އޮތީ، މަރުވި މިސްބާހުގެ ކޮއްކޮއެވެ.