އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމުގެ ވިސްނުން ފުޅުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އޮތް ކަމަށް އެމންިކުފާނުި ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ދާދި ފަހުން ބޭއްވި އެމްޑީޕީގެ އތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވައި ފުރިހަމަ ކާމިޔާބީއެއް ހޯއްދެވި ފައްޔާޒަށް މަރުހަބާ ވިދާޅުވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ފައްޔާޒްގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށް ވަޑައިގަންނަވަން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި 2023 ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ހަމައެއާއެކު އެމްޑީޕީގެ ބޭފުޅުން ބޭނުން ކުރުއްވާ ސްލޯގަން އެއް ކަމަށްވާ "ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް" މިހެން ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ އތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒް ކާމިޔާބު ކުރައްވާފައި ވަނީ 58 ޕަސެންޓް ވޯޓުންނެވެ. އެއީ 28514 ވޯޓެވެ. ފައްޔާޒާ ވާދަ ކުރެއްވި އިމްތިޔާޒް ފަހުމީ، އިންތި އަށް 42 ޕަސެންޓް ވޯޓު ލިބިވަޑއިގެންފައި ވާއިރު، އޭނާ ވަނީ 20856 ވޯޓު ހޯއްދަވާފައެވެ.

އެމްޑިޕީގެ އެތރޭގެ އިންތިހާބް ފެއްޓި އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. ދެ ފެކްޗަނެއްގެ ގޮތުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ އެއްކޮޅަށް ތިބި މެންބަރުން ދެބައި ވެފައިވާ އިރު ދެން އެންމެ ވާދަ ވެރި އިންތިހާބަކަށް ވާނީ އަންނަ ރިޔާސީ އިންތިހާބަށް ނަގާ ޕްރައިމަރީ ވޯޓް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ސޯލިހް އެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ރައީސް އޮފީހުން ދޮގު ކުރައްވާފައެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކެންޑިޑޭތެއް ހިވުމަށް ނަގާ ޕަރައިމަރީގައި އެ ދެބޭފުޅުން ވާދަ ކުރައްވާނެ ކަމަށް ބެލެވެއެވެ.