އިއްޔެގެ އިންތިހާބަކީ ޕާޓީގެ މެންބަރުން ނިންމި ވަރުގަދަ ޑިމޮކްރެޓިކް ނިންމުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަނަކަށް އަލަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މެންބަރުންނަށް ފައްޔާޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ވެހުނު ބޯވާރެއާއެކު، އެމްޑީޕީ މެންބަރުން ޕާޓީއަށް ގައުމަށްޓަކާ އިއްޔެގެ އިންތިހާބަށް ނުކުމެ ބަންޑުންކޮށްލީ އެޕާޓީ އެކަމަކަށް އަބަދުވެސް ވަކާލާތުކުރާ ޑިމޮކްރަސީ އެންމެ ތާޒާ މިސާލު ކަމަށެވެ.

ވާދަވެރި ކެމްޕޭނަކުން ފެށި، މެންބަރުންގެ ގާތަށް ގޮސް، ކަންބޮޑުވުންތަކާ ހިޔާލާ މަޝްވަރާގެ މައްޗައް ސިޔާސަތު ހެދި، މެނިފެސްޓޯ އަކާ އެކު ވޯޓުލާ ނިމި ނަތީޖާނެރެވިއްޖެއެވެ.
އިސްމާއިލް ފައްޔާޒު

އިއްޔެގެ އިންތިހާބަކީ މުޅި އެމްޑީޕީ އޭގެ މައްޗަށް ބިނާވާ، ދުޅަހެޔޮ ޑިމޮކްރަސީގެ ވާދަވެރި ޕާޓްނާޝިޕް ހިނގާ ގޮތުގެ ނަމޫނާއެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި އެއީ 2023 ކާމިޔާބު ކުރުމަށްޓަކާ މުޅި އެމްޑީޕީ އެކުވެ އެއްސަފަށް އަރާ ސަރުކާރާ ގުޅިގެން އެމްޑީޕީ ހިންގާލުމަށް ޕާޓީގެ މެންބަރުން ނިންމި ވަރުގަދަ ޑިމޮކްރެޓިކް ނިންމުމެއް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބު 2022 ގެ ނަތީޖާ

ފައްޔާޒު ވަނީ އިއްޔެގެ ވޯޓަށް ނިކުތް އެމްޑީޕީގެ ލޮބުވެތި އެންމެހާ މެންބަރުންނަށާ، ވާދަ ކުރި ހުރިހާ ކެންޑިޑޭޓުންނަށް ޝުކުރު ދަންނަވާފައެވެ.

އެމްޑީޕީ ހިންގާލަން ނިކުތް އަޅުގަނޑުގެ ޓީމަށް އައްސަރިބަހުން ސާބަހެވެ. މުޅިރާއްޖޭގެ ހެވާލާބައަށްޓަކާ އެމްޑީޕީ އަށް އަބަދުވެސް ރަންރީނދޫ އުޖާލާފަތިސް ތަކުރާރު ކުރައްވާށިއެވެ.
އިސްމާއިލް ފައްޔާޒު

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒް ކާމިޔާބު ކުރައްވާފައި ވަނީ 58 ޕަސެންޓް ވޯޓުންނެވެ. އެއީ 28514 ވޯޓެވެ. އިންތި އަށް 42 ޕަސެންޓް ވޯޓު ލިބިވަޑއިގެންފައި ވާއިރު، 20856 ވޯޓު ހޯއްދެވިއެވެ.