އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށް ފައްޔާޒްގެ ޓީމުން ކާމިޔާބީ އިއުލާން ކޮށްފިއެވެ.

ހަމައެއާއެކު އެ ޓީމުން ވަނީ ފައްޔާޒަށް ކެމްޕެއިން ކޮށްދީން މީހުންނާއި ވޯޓު ދިން މީހުންނަށް ޝުކުރުއަދާ ކޮށްފައެވެ.

މިހާތަނަށް 185 ފޮށީގެ ވަގުތީ ނަތީޖާ ގުނާފައި ވާ އިރު ނުގުނި ހުރީ 97 ވޯޓު ފޮއްޓެވެ. މިހާތަނަށް ގުނި 185 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ފައްޔާޒް ވަނީ 61 ޕަސެންޓް ވޯޓު ކާމިޔާބު ކޮށްފައެވެ. އެއީ 19788 ވޯޓެވެ. އިންތި އަށް 49 ޕަސެންޓް ވޯޓު ލިބިފައިވާއިރު، އިންތިއަށް ލިބިވަޑައިގެންފައި ވަނީ 12813 ވޯޓެވެ.

ވޯޓުގެ ވަގުތީ ނަތީޖާ:

  • ހއ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 63 ޕަސެންޓް، އިންތި 37 ޕަސެންޓް
  • ހދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 63 ޕަސެންޓް، އިންތި 37 ޕަސެންޓް
  • ށ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 77 ޕަސެންޓް، އިންތި 23 ޕަސެންޓް
  • ނ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 55 ޕަސެންޓް، އިންތި 45 ޕަސެންޓް
  • ރ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 69 ޕަސެންޓް، އިންތި 31 ޕަސެންޓް
  • ބ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 61 ޕަސެންޓް، އިންތި 39 ޕަސެންޓް
  • ޅ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 85 ޕަސެންޓް، އިންތި 15 ޕަސެންޓް
  • ކ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 55 ޕަސެންޓް، އިންތި 45 ޕަސެންޓް
  • އއ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 59 ޕަސެންޓް، އިންތި 41 ޕަސެންޓް
  • އދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 67 ޕަސެންޓް، އިންތި 33 ޕަސެންޓް
  • ވ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 44 ޕަސެންޓް، އިންތި 56 ޕަސެންޓް
  • މ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 51 ޕަސެންޓް، އިންތި 49 ޕަސެންޓް
  • ފ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 70 ޕަސެންޓް، އިންތި 30 ޕަސެންޓް
  • ދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 58 ޕަސެންޓް، އިންތި 42 ޕަސެންޓް
  • ތ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 56 ޕަސެންޓް، އިންތި 44 ޕަސެންޓް
  • ލ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 61 ޕަސެންޓް، އިންތި 39 ޕަސެންޓް
  • ގއ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 60 ޕަސެންޓް، އިންތި 40 ޕަސެންޓް
  • ގދ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 58 ޕަސެންޓް، އިންތި 42 ޕަސެންޓް
  • ޏ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 49 ޕަސެންޓް، އިންތި 51 ޕަސެންޓް
  • ސ އަތޮޅު ވޯޓުގެ ނަތީޖާ: ފައްޔާޒް 58 ޕަސެންޓް، އިންތި 42 ޕަސެންޓް

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން އިއުލާންކޮށްފައި ވަނިކޮށް އެ މަގާމަށް ކުރިމަތިލައްވާ ކަން ފައްޔާޒާއި އިންތި އިއުލާން ކުރެއްވުމުން "ދަ ޕްރެސް" އިން ފޭސްބްކް އާއި ޓްވިޓާ ބޭނުންކޮށްގެން 4 ދުވަހުގެ މުއްދަތަށް އާންމުންނަށް ހުޅުވާލައި ޕޯލެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕޯލްގެ ނަތީޖާ ދެއްކި ގޮތުގައި ވެސް މި އިންތިހާބު ކާމިޔާބު ކުރައް ވާނީ ފައްޔާޒް ކަަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފެބްރުއަރީ މަހު "ދަ ޕްރެސް" އިން ކުރި ޕޯލްގެ ނަތީޖާ ދައްކާ ގޮތުން ފައްޔާޒް ވަނީ 52 ޕަސެންޓް ވޯޓާއެކު ކުރި ހޯއްދަވާފައެވެ.